އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ލައިސަންސް ޓްރަކް އަޅައި ދިނުން

މި މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ "ބީލަން ފޮތް'' އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަމުގައި ބައިވެރިވުން

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 10 ޖޫން 2025 ވާ ބުދަ އަންގާރަ 14:00 ގެ ކުރިން ރަޖިސްޓޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

ބީލަމާ ގުޅޭ މަޢުލޫމާތު ބައްދަލުވުން 11 ޖޫން 2025 ވާ ބުދަ ދުވަހުގެ 12:00 ގައި މި ކައުންސިލްގެ އޮންނާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 15 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ  11:00ގައި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުށަހަޅާއިރު ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ. ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ބީލަން ހުށަހަޅަން ދުރުވާނަމަ ވިޔަފާރީގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް، ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ.

ބީލަން ފޮތުގެ ސެކްޝަން 2 ގެ 5ވަނަ ޕޮއިންޓުގައިވާ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ބީލަމުގެ އެއްވެސް ލިޔުމެއްގައި ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާނަމަ "ޕަވަރ އޮފް އެޓާރނީ" (މިއީ ކޯޓުން ދޫކުރާ ލިޔުމެއް)ގެ ކޮޕީއެއް ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ. އަދި މި ފަރާތްތަކުން ބީލަމުގެ ލިޔުމެއްގައި ސޮއިކޮށްފައިވާއިރު "ޕަވަރ އޮފް އެޓާރނީ" ބީލަމާއެކު ހުށަނާޅާނަމަ އެ ބީލަމެއް ބާތިލް ވާނެއެވެ.

01 ޖޫން 2025
ހޯދާ