ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫގައި ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބަހައްޓާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާނު

ކިނބިދޫގައި ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބަހައްޓާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ތ.ކިނބިދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ

ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ސާފުކޮށް، ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރުއްވާ މި އިދާރާގެ މެއިލް [email protected] އަށް ރަޖިސްޓްރީ ފޯމު ފޮނުއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީނުވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތްކޮށްދިނުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް އީމެއިލްގެ ޒަރީއާއިން ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

  • ބީލަމުގައި ރަޖިސްޓްރީ ވުމަށް -/150 ރ (ސަތޭކަ ފަންސާސް ރުފިޔާ) ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ވާނެއެވެ.
  • މި ބީލަމުގައި ބައިވެރި ވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ރެޖިސްޓްރޭޝަން ފީ މިއިދާރާގެ ނަންބަރު: 001 700293 7725 (1443 ރެވެނިއު 1) އަށް ޖަމާކޮށް ޓްރާންސްފާ ސްލިޕް 9798637 އަށް ވައިބަރ ކުރުމަށްފަހު މި އިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ "ފޯމް" ފުރިހަމަކޮށް މި އިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވިކަމަށް ޔަޤީން ކުރަންވާނީ ރަޖިސްޓްރީ ވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.

 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރިފެބް ޢިމާރާތުގެ ފައުންޑޭޝަން އެޅުމަށް ކޮނުމާއި، 50 އެމް.އެމްގެ ލީން ކޮންކުރިޓް އަޅާ ފައުންޑޭޝަން ބީމް ކޮންކްރީޓް ކުރުމާއިއެކު ފައުންޑޭޝަންގެ މަސައްކަތާއި، އެތެރެ ފިލްކޮށް ބިންގަޑު  ލެވެލްކޮށް އެންމެހައި މަސައްކަތެއް ކުރެހުމުގައި ދައްކާފައިވާ ގޮތަށްކޮށް ނިންމުން (ކޮންޓްރެކްޓަރގެ އަމިއްލަ ޚަރަދުގައި)
  • ޢިމާރާތުގެ ބޭރުތަޅުމާއި، އަދި ޢިމާރާތަށް ވަންނަ ހަރުފަތާއި ރޭމްޕް، ބޭރުފާރުގެ ތަޅުމުން ތިރީގެ ފާރާއި ޕްލާންޓް ބޮކްސް، އެތެރެއާއި ބޭރުގައި މުށިޖެހުމުގެ އެންމެހައި މަސައްކަތް ދީފައިވާ ކުރެހުމާއި އެއްގޮތަށް ކޮށްނިންމުން. (ބޭންކުން ޓައިލްސް ދިނުމުން)

 

ސަމާލު ކަންދޭންޖެހޭ ކަންތައްތައް

  • މުޅި މަސައްކަތުގެ ޖުމުލަ އަގު ހިމެނޭ ގޮތަށް އަގު ހުށަހެޅުން.
  • އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދިނުމަށް މަސައްކަތުގެ އަގާއި ތަކެތީގެ އަގު ހިމަނައިގެން އަގު ހުށަހެޅުން
  • ކޮންކްރިޓް މަސައްކަތަށް ބޭނުން ކުރާނެ ދަގަނޑުގެ ސައިޒުތަކާއި މިންތައް ކުރެހުމުގައި ބަޔާން ކުރެވިފައިވާތީ، ކުރެހުމުގައިވާ ގޮތަށް އެމަސައްކަތް ކުރުން. 

 

މަސައްކަތަށް ބޭނުންވާ ތަކެތި

  • މި މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ހޯދާނީ މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ފަރާތުންނެވެ.
  • މަސައްކަތަށް ބޭނުންވާ ކަރަންޓާއި ފެން ހޯދާނީ ކޮންޓްރެކްޓަރ އަމިއްލައަށެވެ.
  • ޓައިލްސް ޖެހުމަށް ބޭނުންވާ ޓައިލްސް ބޭންކް އޮފް މޯލްޑިވްސް ފޯރުކޮށް ދެވޭނެއެވެ. އަދި މަސައްކަތަށް ބޭނުންވާ އެންމެހައި ހުއްދަތަށް ނެގުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށް ދެވޭނެއެވެ.
  • ކަރަންޓް ގުޅުމަށް މަގުމަތީ ވަޅުލާ ކޭބަލްގެ އަގާއި ވަޅުލުމުގެ މަސައްކަތު އަގު މި މަސައްކަތަށް ހުށަހަޅާ އަގުގެ ތެރޭގައި ނުހިމެނެއެވެ.

 

އިވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތުގެ އަގު: 85 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން)
  • މުއްދަތަށް: 10 ޕޮއިންޓް (އެކަށީގެންވާ އެންމެ ކުރު މުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)
  • ތަޖްރިބާ: 5 ޕޮއިންޓް (މި އިޢުލާން ކުރި ތާރީޚުން ފެށިގެން ވޭތުވެ ދިޔަ 3 އަހަރު ދުވަހު ކޮށްފައިވާ މި ބާވަތުގެ މަސައްކަތަށް، 15000.00 ހާހުން މަތީގެ ކޮންމެ މަސައްކަތަށް 1 ޕޮއިންޓް، ގިނަވެގެން ދެވޭނީ 5 ޕޮއިންޓް)

 

ވީމާ، މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން މަސައްކަތްކޮށްދެވޭނެ އަގަކާއި މުއްދަތު ބަޔާންކޮށް ކޯޓޭޝަނެއް ހުށައެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަނާއެކު ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، އަދި ބަދަލުގައި ފޮނުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓާރނީ ދިންކަމުގެ ލިޔުމާއި އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

 

              5 ޛުލްޙިއްޖާ 1446

01 ޖޫން 2025
ހޯދާ