ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ 15 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

 

އިޢުލާން

ތާރީޚް: 01 ޖޫން 2025

ނަންބަރ: (IUL)327-A/327/2025/142

              ބިޑުކޮމެޓީގެ ނިންމުން ޢާންމުކުރުން      

                        

ތިރީގައި އެވަނީ 29 މެއި 2025 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2025 ވަނަ އަހަރުގެ 15 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

  1. 144ނައިފަރު ގަބުރުސްތާނުތައް ވިނަ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށްކުރެވުނު ނަންބަރު   (IUL)327-A/327/2025/105  އިޢުލާނާއި ގުޅިގެން، މި މަސައްކަތުގެ އަގު އަދި މުއްދަތު ދެބުރަށް ހުށަހަޅާއިރު، އަގު އަދި މުއްދަތު ބަހާފައިވަނީ ކޮންގޮތަކަށް ކަމަށް ސާފުނުވާތީވެ، މަސައްކަތް ދެބުރަށް ބަހާލާއިރު އަގާއި މުއްދަތު ކޮންމެ ބަޔަކަށްވެސް ވަކިންއެނގޭނޭހެން މަޢުލޫމާތުކަރުދާސް އިސްލާޙްކޮށް އަލުން އިޢުލާން ކުރަން ފެންނަކަމަށް ނިންމުން.

 

  1. ޅ. ނައިފަރުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމް އަށް ބޭނުންވާ ކާޕެޓު ސަޕްލައިކޮށްދީ ކާޕެޓު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)327-A/327/2025/124 އިޢުލާނާއި ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް ބްރިލިއަންޓް ކޮމްޕެނީ ޕވޓ ލޓޑއަށް މިބީލަން އެވަރޑް ކުރަން ފެންނަކަމަށް ނިންމުން.

 

  1. ޅ. ނައިފަރުގައި ތަރައްޤީ ކުރަމުންދާ ބަނދަރުހިޔާއަށް ފައިބާ ކޭބަލް އަޅައިދިނުމުގެ މަސައްކަތަށް ހެދިފައިވާ ނަންބަރު (AGR)327-INMU/PRIV/2025/34 އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ޖަންކްޝަން ހަދަންދީފައިވާ ބައެއް ތަންތަން އިތުރުކުރަން ކައުންސިލުން ބޭނުންވާތީވެ، މި މަސައްކަތް ކުރަމުން އަންނަ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތަކާއި ގުޅިގެން، މި މަސަކަތަށް ހުށަހަޅާފައިވާ ވޭރިއޭޝަންއަކީ ޖުމްލަ އަގުގެ 15% ވުރެއިތުރުވާ އަދަދެއްކަމުން، އިތުރުކުރުމަށް ހުށަހަޅާފައިވާ މަސައްކަތް ހަވާލްކުރަން ނުފެންނަކަމަށް ނިންމުން.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޖޫން 2025
ހޯދާ