އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި އޮފީހުގެ ނަންބަރު IUL)460/460/2015/14)ފ(06 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ މިއޮފީހަށް ގ.ބިއްލޫރިޖެހިގެ އިން ލިބިފައިވާ އޮފީސް ޖާގައަށް ބޭނުންވާ އެއަރކޯން ވިއްކައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރީމެވެ.

މަޢުލޫމާތު ސާފުކުރެއްވުން:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ސެޕްޓެންބަރު 07 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހަށް (ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުން:

2015 ސެޕްޓެންބަރު 09 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހަށް (ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިންގުން) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ގޯޑައުން ބިލްޑިންގ
     ހަނދުވަރީ ހިނގުން
      ފޯން:   3010990
      ފެކްސް: 3010959

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015
ހޯދާ