ދިވެހިރާއްޖެ
އިޢުލާނު
ޢުމްރާ ދަތުރުގެ ފުރުޞަތު
ބްޓިކް ބީޗް ގެސްޓްހައުސްގެ 10 ވަނަ އަހަރީދުވަހާއި ގުޅިގެން މިއަހަރުގެ ޑިސެމްބަރ މަހުގައި އޮންނަ ޢުމްރާ ދަތުރުގައި، މިރަށު ރައްޔިތުންގެ ތެރެއިން އެ ފުރުސަތު ކުރިން ލިބިފައިނުވާ ފަރާތަކަށް ދެއްވުމަށްވަނީ އެ ގެސްޓްހައުސްއިން ނިންމަވާފައެވެ. އަދި މި ޢުމްރާ ދަތުރަށް ފަރާތެއް ހޮވައި ދެއްވުމަށް އެ ގެސްޓްހައުސްއިންވަނީ މި ކައުންސިލުގައި އެހީތެރިކަމަށް އެދިލައްވާފައެވެ.
ވީމާ، ތިރީގައިވާ ޝަރުޠު ހަމަވާ، ޢުމްރާދަތުރު ބޭނުންފުޅުވާ ފަރާތްތަކުން 15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޢުމްރާ ދަތުރަށް އެދޭ ފޯމް ފުރިހަމަކުރައްވައި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
ޢުމްރާ ދަތުރުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ، މިކަމަށް އެދޭ، ޝަރުޠު ހަމަވާ މީހުންގެތެރެއިން ޤުރުއަތުން ހޮވޭ އެއްފަރާތަށެވެ.
ޤުރުޢަތުން ޢުމްރާ ދަތުރު ދިމާވާ ފަރާތަށް މަޙްރަމަކު ހަމަޖައްސަން ޖެހޭނަމަ އެކަން ކުރަންވާނީ، ޢުމްރާ ދަތުރު ދިމާވާ ފަރާތުގެ އަމިއްލަ ޚަރަދުގައެވެ. މީގެ އިތުރުން ޤުރުޢަތުން ޢުމްރާ ދަތުރު ދިމާވާ ފަރާތުން، ދޫކޮއްލައިފިނަމަ ދެވަނައަށް ޤުރުޢަތުން ދިމާވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
" އުމްރާ ދަތުރަށް އެދޭ ފޯމް" ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ޢުމްރާ ދަތުރުގެ ޝަރުޠު
- ފަރުޞު ޙައްޖު ނުވަތަ ޢުމްރާ ކޮށްފައިވާ ފަރާތެއްކަމުގައިނުވުން.
- ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.
- ޙައްޖަށް ނުވަތަ ޢުމްރާއަށް ފައިސާ ދައްކާފައިވާ ފަރާތެއްކަމުގައި ނުވުން
- ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
އިބްރާހިމް ޢުޘްމާން
ކައުންސިލްގެ ރައީސް