ދިވެހިރާއްޖެ
އިޢުލާން
އެކްސްޕޯޓް އިމްޕޯޓާއި ގުޅޭ ޚިދުމަތްތައް 'ޓްރޭޑިއަން' ޕްލެޓްފޯމުން އެކަނި ލިބޭގޮތަށް ބަދަލުކުރުމާއި ގުޅޭ
މި މިނިސްޓްރީގެ ނަމްބަރު: IUL)101-BFS/1/2025/21) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާ ދެވުނު އިޢުލާނުގައި ބަޔާންކޮށްފައިވާ އިމްޕޯޓް އެކްސްޕޯޓާގުޅޭ ޚިދުމަތްތައް ފޮރުކޮށްދިނުމުގައި، ޓްރޭޑިއަން ޕްލެޓްފޯމާއި ގުޅުންހުރި އެހެން ސިސްޓަމްތައް ގުޅުވާލުމާއި، ޚިދުމަތްތައް ދިނުމުގައި ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އެއްވެސް މައްސަލައެއް ދިމާނުވާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަން ޖެހޭ ޓެސްޓުތައް ހެދުމަށް އިތުރަށް ވަގުތު ބޭނުންވާކަމަށް ފެންނާތީ، ހަވާލާ ދެވުނު އިޢުލާނުގައި 1 ޖޫން 2025 އިން ފެށިގެން މި ޚިދުމަތްތައް ހޯއްދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަންކަމަށް އޮތް އޮތުން ފަހުގެ ތާރީޚަކަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. މި ބަދަލާއި ގުޅިގެން، ވަކި ތާރީޚެއް ކަނޑައެޅެންދެން، މިހާރެކޭވެސް އެއްގޮތަށް އިމްޕޯޓް އެކްސްޕޯޓާގުޅޭ ޚިދުމަތްތައް ފޮރުކޮށްދެމުން ގެންދާނެ ކަމުގައި ދަންނަވަމެވެ. އަދި ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމުން މި ޚިދުމަތްތައް ދިނުމަށް ތައްޔާރުވިހާ އަވަހަކަށް އެކަން އާއްމުކޮށް އިޢުލާނު ކުރާނެ ކަމުގައިވެސް ދަންނަވަމެވެ.
05 ޛުލްޙިއްޖާ 1446
01 ޖޫން 2025