ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)239-CAS/239/2025/18 އިޢުލާނާގައި ދެވިފައިވާ ރަޖިސްޓްރޭޝަން ލިންކް އަދި ޢިޢުލާނުގައި ކުށެއް ލިޔެވިފައިވާތީ، ދެންނެވި އިޢުލާނު ބާތިލުކުރަމެވެ. އަދި މި އިދާރާގެ ފަރާތުން، ކޮޅުމަޑުލު އަތޮޅު ހޮސްޕިޓަލްގެ ކުރިމަތީގައިވާ ޕާކުގައި، ހޮސްޕިޓަލް ގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުމަށްޓަކައި ހަޓެއް ހެދުމަށް އަލުން އިޢުލާން ކުރަމެވެ. މިކަމާއި ގުޅިގެންމިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ދެންނެވި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ދީފައިއެވާ ލިންކް މެދުވެރިކޮށް، ނުވަތަ މިއިދާރާއިން ފޯމް ނަންގަވައިގެން ބިޑްގައި ރަޖިސްޓްރީ ވެލައްވައި، ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު ތަފްޞީލް ތިރީގައި މިވަނީއެވެ.
- ބިޑްގައި ރަޖިސްޓްރީ ވުމުގެ މުއްދަތު: 04 ޖޫން 2025 ދުވަހުގެ 13:00 ގެ ކުރިން.
- ރެޖިސްޓްރޭޝަން ލިންކް: https://forms.gle/ZUZcHepD6i5YjhXh9
- ބިޑް ހުށަހެޅުން: 12 ޖޫން 2025 ދުވަހުގެ 11:00 ގައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް. (04 ޖޫން 2025 ދުވަހުގެ 13:00 ގެ ފަހުން ރަޖިސްޓްރީވާ އެއްވެސް ފަރާތެއްގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.)
- ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ.
- ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780700 ނުވަތަ 9710106 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]