މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދު ދުއްވުމުގެ އެގްޒަމިނަރުން ހޯދުން

މިކައުންސިލުން ދޫކުރަމުންގެންދާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި، ޢަމަލީ އިމްތިޙާނު ދެމުންގެންދާ އެގްޒަމިނަރުންގެ މުއްދަތު ހަމަވެފައިވާތީ، އެގްޒަމިނަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު:        2 ( ދޭއް )

އުޖޫރަ: ޢަމަލީ އިމްތިޙާނު ދެވޭ ކޮންމެ ފަހަރަކަށް -/35 ( ތިރީސް ފަހެއް ) ރުފިޔާ

ކަނޑު އުޅަނދު ދުއްވުމުގެ އެގްޒަމިނަރުންގެ ޝަރުޠުތައް:

1-      ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓަގަރީ ތަކުގެތެރެއިން މަދުވެގެން ( A,B,C,D,G ) އޮތް މީހަކުކަމުގައިވުން

2-      ކޯސްޓަލް ނެވިގޭޝަން ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ނުވަތަ 2 ފުރިހަމަކޮށްފައިވާ މީހަކު ކަމުގައވުން

3-      ފާއިތުވެދިޔަ 5 އަހަރު ކަނޑު އުޅަނދު ދުއްވުމުގެ ޤަވާޢިދާއި ޚިލާފުވެ ކުށެއްކޮށްފައިވާކަން ސާބިތުވެފައިވާ މީހަކަށް ނުވުން

4-      ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން

5-      ޢުމުރުން 55 އަހަރުނުވާ މީހެއްކަމުގައި ވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން

އެގްޒަމިނަރުން ހޮވުމުގައި ރަސްމީގަޑީގައި ފަސޭހައިން އާދެވޭ ފަރާތްތަކަށާއި، އަތޮޅުތެރޭގެ ރަށްރަށަށް ދާންޖެހިއްޖެ ޙާލަތެއްގައި ރަށްރަށަށް ދެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މިމަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތް ހޮވާނީ އިންޓަވިއޫ ކުރުމަށްފަހު އެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް.

1-      ނިޔަމިކަމުގެ ސެޓްފިކެޓް

2-      ކަނޑު އުޅަދު ދުއްވުމުގެ ލައިސަންސް ކޮޕީ

3-      3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯރޓް

4-      ފުރިހަމަ ކޮށްފައިވާ ކުށުގެ ރިކޯރޑް ފޯމް

5-      މުއްދަތު ހަމަނުވާ އައިޑީކާޑު ކޮޕީ

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖޫން 2025 ދުވަހުގެ 14.00 ގެ ކުރިން މިކައުންސިލަށް ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ސިޓީ އަކުން ހުށަހެޅުން އެދެމެވެ. އީމެއިލް ކުރައްވާނަމަ. [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

      28 މެއި 2025  

28 މޭ 2025
ހޯދާ