މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު 2022/G-19 (ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑަރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުނެގުމާ ގުޅޭ

އިޢުލާން ނަންބަރު (IUL)471-PUD2/471/2024/131 (15 އޮކްޓޫބަރު 2024) އިން ފާސްކޮށްފައިވާ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން" އަށް ބަދަލު ގެނެވި، އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިޢާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެހެންކަމުން، ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީ، މި ބަދަލާއި ގުޅިގެން މިދެންނެވި ގޯތިތަކުގެ ވެރިފަރާތްތަކާއި، މިހާތަނަށް ގުޅީފަޅުން ގޯތި ޙަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން 2025 މޭ 30 ވާ ހުކުރު ދުވަހު 14:30 ފެށިގެން އުސްފަސްގަނޑު ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

  • 1250 އަކަފޫޓުގެ 684 ގޯތި
  • 1650 އަކަފޫޓުގެ 1242 ގޯތި
  • 2050 އަކަފޫޓުގެ 923 ގޯތި
  • 2450 އަކަފޫޓުގެ 479 ގޯތި
  • 2850 އަކަފޫޓުގެ 158 ގޯތި
  • 3250 އަކަފޫޓުގެ 49 ގޯތި
  •  3650އަކަފޫޓުގެ 22 ގޯތި

އެގޮތުން، މި ބަދަލާއި ގުޅިގެން ގުޅީފަޅުން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ މި މިނިސްޓްރީގެ މުވައްޒަފުންނެވެ.

އެހެންކަމުން، ގުޅީފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް 01 (އެކެއް) ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނެ އިންތިޒާމުވާނީ ހަމަޖެހިފައެވެ. އަދި ބިން ލިބޭ ފަރާތެއް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިޢުތިރާޒެއްނެތް ކަމުގެ ލިޔުމާއި އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއެކު ތިރީގައިވާ ތާރީޚާއި ގަޑީގައި ކަނޑައެޅިފައިވާ ސަރަޙައްދަށް ޙާޟިރުވުމަށް ދަންނަވަމެވެ. މިގޮތުން ގުރުނަގަމުންދާއިރު ހިޔާވެހި ޕޯޓަލްއިން ޕްލޮޓް އެލޮކޭޓްވާ ފަރާތްތައް ވަގުތުން ފެނި އެފަރާތްތަކަށް ވަގުތުން އެސް.އެމް.އެސްގެ ޒަރިއްޔާއިން މެސެޖް ލިބޭނެއެވެ. އިވެންޓް ކުރިއަށްދާ ވަގުތު ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ލައިވް ކުރެވިގެންދާނެއެވެ.

ގުރުނަގާ ތާރީޚު: 30 މޭ 2025 (ހުކުރު ދުވަސް)

ގުރުނަގަންފަށާ ގަޑި: 14:30 (މެންދުރު)

ގުރުނަގާ ތަން: އުސްފަސްގަނޑު ސަރަޙައްދު

ގޯތިލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މަޢުލޫމާތު މި މިނިސްޓްރީ އިން ފަހުގެ ތާރީޚެއްގައި ޙިއްސާކުރެވޭނެ ކަމުގައި މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

29 މޭ 2025
ހޯދާ