ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ދެއްވަދޫ ބަނދަރު ސަރަޙައްދުން ތެޔޮ ބިން ދޫކުރުން

ތެލުގެ ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާއިބެހޭ

 

          މިރަށު ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިން ބޭނުންވާ ފަރާތްތަކަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 207 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 މެއި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 01 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް [email protected] އަށް ގެޒެޓް ކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު  ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބިޑްފޯމު ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށް، ބިޑްފޯމުގެ އަގު ދައްކާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ

 

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        02  ޛުލްޙިއްޖާ   1446 

                        29  މެއި      2025 

29 މޭ 2025
ހޯދާ