ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޢީދި ސަމާ 1446 ހަރަކާތްތަކުގެ ތެރެއިން މުވައްސަސާތައް ގެތައް ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތް
1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 05 ޖޫން 2025 އިން 09 ޖޫން 2025ގެ ނިޔަލަށް 05 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން ޢީދު މުނާސަބަތުގައި ކައުންސިލުން އައްޑޫގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ގެތައް ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތް މިއަހަރުވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:
1 ވަނަ އިނާމު: 15،000 ރުފިޔާގެ ފާއިސާގެ އިނާމް
2 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް
3 ވަނަ އިނާމު: 5،000 ރުފިޔާގެ ފާއިސާގެ އިނާމު
މުބާރާތުގައި ބައިވެރިވުމުގެ އުސޫލު:
1. މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ގޭބިސީއަކުން އެއް ފަރާތަކަށެވެ.
2. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ގޭބިސީއެއްގެވެސް ދޮރުމައްޗަށްވާ ސަރަހައްދު ރައްޔިތުންނަށް ފެންނާނެހެން، ރާއްޖޭގެ ޢީދުގެ ސަގާފަތާއި، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަންވާނެއެވެ.
3. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން 05 ޖޫން 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ގޭބިސީއެއްގެ ދޮރުމައްޗަށްވާ ސަރަހައްދު ޒީނަތްތެރިކޮށްފައި ހުންނަންވާނެއެވެ.
4. މުބާރާތުގައި ބައިވެރިވުމަށް މިއިޢުލާނުގައިވާ ގޫގުލް ފޯމް މެދުވެރިކޮށް، ޒީނަތްތެރިކޮށްފައިވާ ސަރަހައްދުގެ ފޮޓޯ ހުށަހަޅަންވާނެއެވެ. ހުށަހެޅޭ ހުރިހާ ފޮޓޯއެއްވެސް ހުންނަންވާނީ ލޭންޑްސްކޭޕްކޮށެވެ.
5. މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފޮނުވާ ފޮޓޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި 07 ޖޫން 2024 ވާ ހޮނިހިރު ދުވަހު ހިއްސާކުރެވޭނެއެވެ. ބައިވެރިންގެ ފޮޓޯތައް ކައުންސިލް ފޭސްބުކް ޕޭޖުގައި ޕޯސްޓް ކުރާއިރު ހަވާލުކުރެވިފައިވާ ނަންބަރު ޕޯސްޓްތަކުގެ ކެޕްޝަންތަކުގައި ހިމެނޭނެ އަދި ކޮންމެ ބައިވެރިއަކަށް ލިބޭ ނަންބަރެއް އެބައިވެރިއަކަށް އީމެއިލް ކުރެވޭނެއެވެ.
6. މި މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ ފަނޑިޔާރުންގެ ޕެނަލްގެ 80 އިންސައްތަ މާރކްސް، މީސްމީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 20 އިންސައްތަ މާރކްސް އަށް ބަލައިގެންނެވެ. އެންމެ ގިނަ މާރކްސް އަދި ހާރޓް ރިއެކްޓްސް ލިބޭ ފަރާތްތަކުގެ މެދުގައި 01 ވަނަ، 02 ވަނަ އަދި 03 ވަނަ ހޮވާލެވޭނެއެވެ.
7. މީސްމީޑީއާ އިން ލިބޭ ރިއެކްޓްތައް ބަލައިގަނެވޭނީ 10 ޖޫން ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
8. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 05 ޖޫން 2024 ވާ ބުރާސްފަތި ދުވަހު ރޭގަނޑު 20:00ގެ ނިޔަލަށެވެ.
9. މުބާރާތުގެ ފަނޑިޔާރުން 06 ޖޫން 2025 – 10 ޖޫން 2025 އަށް ގެތަކަށް ޒިޔާރަށްކޮށް މާރކްސް ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ.
އިންސާފުކުރުމަށް ހަމަޖެހިފައިވާގޮތް:
ތަފްޞީލް |
މާރކްސް |
1.ފަނޑިޔާރުންގެ ޕެނަލް |
80 |
-އުފެއްދުންތެރިކަން / ކްރިއޭޓިވިޓީ |
40 |
-ފަރުމާކުރެވިފައިވާ ގޮތް / ޑިޒައިން |
20 |
-ޢީދުގެ މުނާޞަބާތާއި ގުޅުވާފައިވާ މިންވަރު (ތީމް) |
20 |
2. މީސް މީޑިއާގައި ލިބޭ ލައިކް (ފޭސް ބުކް ލައިކްސް) |
20 |
ހާރޓް ރިއެކްޓް |
15 |
ޝެއަރ |
5 |
ގޫގުލް ފޯމް: https://forms.gle/raSGCBq8YyvggAky8
މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
02 ޛުލްޙިއްޖާ 1446
29 މޭ 2025