ދިވެހިރާއްޖެ
ގއ. ދެއްވަދޫ ކުޑަކުދިންގެ ޕާކުގައި ބަހައްޓަން ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
މިރަށު ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށް، ޕާރކްގައި ބެހެއްޓުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 މެއި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 01 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް [email protected] އަށް ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިޕްރޮޖެކްޓްގެ މައުލޫމާތު ޝީޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޛުލްޙިއްޖާ 1446
29 މެއި 2025