މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު G-20/2022 (ގެދޮރޮވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާއި ގުޅޭ

 

މި މިނިސްޓްރީގެ ނަންބަރު (IUL)491-CDS7/491/2025/13 (27 ފެބުރުވަރީ 2025) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނުން ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ ފަރާތްތައް ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކާއި، ގުރުއަތަށްދާނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް ސައްޙަ ކުރުމަށް މި މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތަށްފަހު ޝާއިޢުކޮށްފައިވާ ލިސްޓާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް ބަލައި، އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢާންމުކޮށް އިޢުލާނު ކުރައްވާފައިވާ ސިޔާސަތު ތަންފީޛުކުރުމުގެ ގޮތުން ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފައާއި، އިޖުތިމާޢީ ޢަދާލަތުގެ ހަމަތަކާއި، އެ ސްކީމުގެ ދަށުން ދޫކުރެވޭ ފުލެޓު ނުލިބި އިތުރަށް ލަސްވެއްޖެނަމަ ގެއްލިގެން ހިނގައިދާނެ ޙައްޤުތަކަށް ރިޢާޔަތްކުރުމަށްފަހު، ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ތިރީގައި މި ދަންނަވާ ގޮތަށް ޢަމަލު ކުރުމަށް ނިންމައި އެކަން އިޢުލާނުކުރަމެވެ.

1. ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ކޮށްފައިވާ ނަންބަރު
(IUL)471-HDS3/471/2023/365 އިޢުލާނާއެކުވާ ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަޑައަޅާފައިވާ ފަރާތްތަކެވެ.

2. ނަމަވެސް، 15 ނޮވެންބަރު 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން އިޢުލާންކުރި ލިސްޓަށް ޢަމަލު ކުރުމުގައި ތިރީގައި މިވާ ކަންކަމަށް ބެލޭނެއެވެ.

(ހ) ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލުގެ 3 ވަނަ މާއްދާ (ފުލެޓަށް އެދޭ މީހުންގެ ޝަރުޠުތައް) ފުރިހަމަނުވާ ފަރާތްތައް ލިސްޓުން އުނިކުރެވިގެންދާނެއެވެ. މީގެ ތެރެއިން، 26 ޖޫން 2022 ގެ ތާރީޚުން 15 އަހަރު ކުރީގެ ތާރީޚެއްގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާކަން އެނގޭ ފަރާތްތަކުގެ ތެރެއިން، މާލެ ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރިކަން ސަރުކާރުގެ ލިޔެކިޔުންތަކުން ސާބިތުނުވާނަމަ، އެފަރާތްތައް ބަލާނީ މެދުނުކެނޑި މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެއްގެ ގޮތުގައެވެ. އަދި ޝަކުވާގެ މުއްދަތުގައި ހުށަހަޅާފައިވާ މަޢުލޫމާތަށް ބަލައި، 26 ޖޫން 2022 ގެ ތާރީޚުން 15 އަހަރު ކުރީގެ ތާރީޚެއްގައި މާލޭގައި ދިރިއުޅެން ފަށާފައިވާކަން ކަނޑައެޅޭނަމަ، އަދި އެފަރާތުން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރިކަން އެނގެން ނެތްނަމަ އެފަރާތެއްވެސް ބަލާނީ މެދުނުކެނޑި މާލޭގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައެވެ.

(ށ) ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މި ސްކީމުން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށެވެ.

(ނ) ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މަޢުލޫމާތަކީ ސައްޙަނޫން މަޢުލޫމާތެއްކަން ސާބިތުވާނަމަ ނުވަތަ ހުށަހަޅާފައިވާ ލިޔުމަކީ ސައްޙަނޫން ލިޔުމެއްކަން ސާބިތުވާނަމަ އެފަރާތެއްގެ ފޯމު ބާޠިލްކުރެވޭނެއެވެ.

(ރ) ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، ފުލެޓު ލިބޭ ފަރާތްތަކުގެ ގޮތުގައި ލިސްޓުގައި ހިމެނިފައިވާ ފަރާތެއްގެ ޝަރުޠު ހަމަނުވާކަމުގެ ޝަކުވާ ހުށަހެޅި އެކަން ސާބިތުވެއްޖެ ނަމަ އެފަރާތެއް ލިސްޓުން އުނިކުރެވޭނެއެވެ.

(ބ) ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓުގައި ދެމަފިރިން ހިމެނިފައިވާނަމަ ފުލެޓު ލިބޭނީ އެދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށެވެ.

3. 15 ނޮވެންބަރު 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން އިޢުލާންކުރި ލިސްޓުގައި ހިމެނޭ ފަރާތެއްގެ ޝަރުޠު ހަމަނުވެގެން ނުވަތަ މަތީގައި ބަޔާންކޮށްފައިވާ އެހެން ސަބަބަކާހުރެ ފުލެޓު ނުލިބޭކަމަށް ކަނޑައެޅޭނީ އެފަރާތަކަށް ލިޔުމުން އެކަން އަންގައި އެޕީލްކުރުމުގެ ފުރުޞަތު ދިނުމަށްފަހުގައެވެ.

4. 15 ނޮވެންބަރު 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން އިޢުލާންކުރި ލިސްޓާ ގުޅިގެން ފުލެޓު ނަންބަރު ގުރުއަތު ނަގައި ލިބޭ ފުލެޓު ކަނޑައެޅިފައިވާ އެއްވެސް ފުލެޓެއް އެހެން ފަރާތަކަށް ދިނުމަށް ކަނޑައެޅޭނީ އެފަރާތަކަށް ފުލެޓު ނުލިބޭ ސަބަބު ލިޔުމުން އަންގައި އެފަރާތަށް އެޕީލްކުރަން ފުރުޞަތުދީ، އެފަރާތަކަށް ފުލެޓު ނުލިބޭކަން ޔަޤީންކުރުމަށްފަހުގައެވެ.

 5. 15 ނޮވެންބަރު 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން އިޢުލާންކުރި ލިސްޓުގައި ފުލެޓު ލިބޭ ކަމަށް ކަޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލިސްޓުން އުނިވާ ފަރާތްތަކުގެ ބަދަލުގައި ފުލެޓު ލިބޭނީ އެ އިޢުލާނުގައި ގުރުއަތަށް ދާނެކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

 

 

 

 

 

29 މޭ 2025
ހޯދާ