ދިވެހިރާއްޖެ
މިރަށު ބަނދަރު ސަރަހައްދުގައި ޢިމާރާތް ކޮށްފައިވާ ލަންދޫ '' ކައުންސިލް ކެފޭ '' 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ކުރި ނަމްބަރ: (IUL)289/289/2025/22 (24 އޭޕްރީލް 2025) ގެ އިޢުލާނާއި ގުޅިގެން މިފަހަރުވެސް ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެކަމަށް ޝަޢުޤުވެރިކަން ފާޅުކުރި ފަރާތްތައް މަދުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް، ކައުންސިލް ކެފޭ ކުއްޔަށް ދޫކުރުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ.
ވީމާ 5 އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލް ކެފޭ ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް، ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް ފޯރުކޮށް ދެވޭނެއެވެ.
ބީލަން ރަޖިސްޓްރީ ކުރުން |
27 މެއި 2025 ވަނަ ދުވަހުން ފެށިގެން 02 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއެކު ދައްކަންޖެހޭ ފައިސާ، ޖުމްލަ -/200 (ދުއިސައްތަ) ރުފިޔާ، ލަންދޫ ކައުންސިލް އިދާރާގެ ނަމްބަރ: 7720700408001 ގެ އެކައުންޓަށް ޖަމާކޮށް، ފައިސާ ދެއްކި ކަމުގެ ރަޝީދު، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް، ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. |
ބީލަން ހުށަހެޅުން |
04 ޖޫން 2025 ވަނަ ދުވަހުގެ 11:00 ގައި ލަންދޫ ކައުންސިލް އިދާރާގެ ކޮންފަރަންސްހޯލްގައި، |
އަދި ދަންނަވަމެވެ. ''ކައުންސިލް ކެފޭ'' ކުއްޔަށް ހިފުމުގެ ބިޑް ކާމިޔާބު ކުރައްވާ ފަރާތުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި، ( 1 މަސްދުވަހުގެ ކުލި ) ލަންދޫ ކައުންސިލް އިދާރާއަށް ދައްކަން ވާނެއެވެ. އަދި އެފައިސާ، ކެފޭ ދޫކޮށްލުމުން އެފަރާތަކަށް އަނބުރާ ލިބިވަޑައި ގަންނަވާނެއެވެ. އަދި ކުރިއެކޭއެއްގޮތަށް މިފަހަރުވެސް ކެފޭގެ ޚިދުމަތް ފެށުމަށްޓަކައި މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން 1 މަސްދުވަހުގެ ގްރޭސް ޕީރެޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަމްބަރު 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީނުވެ ހުށަހަޅާ ބީލަން ތަކާއި، ރަޖިސްޓްރޭޝަންފީ ނުދައްކާ ބީލަަންތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.