ދިވެހިރާއްޖެ
ގދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގދ.އަތޮޅު އަންޑަރ 16 ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 22 ޖޫން 2025 ގެ ނިޔަލަށް އެކައުންސިލުން ހުޅުވާލާފައި ވެއެވެ. މިމުބާރާތުގައި ބައިވެރިވެވެނީ މިއަތޮޅުގެ ކޮންމެ ރަށަކުން އެއް ޓީމަށް ކަމުގައިވާތީ، ހޯނޑެއްދޫ އިން ބައިވެރިވާނޭ ޓީމެއް ކަނަޑައެޅުމަށް އެފުރުޞަތު ހޯނޑެއްދޫގެ ޓީމްތަކަށް/ޖަމްޢިއްޔާ ޖަމާއަތްތަކަށް ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ހުރި ޓީމްތައް/ޖަމްޢިއްޔާ ޖަމާއަތްތަކުން މިކަމަށް އެދި 15 ޖޫން 2025 ވަނަ ދުވަހުގެ 13:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް އެއް ކަނޑައެޅުމުގައި ބަލާނީ ޓީމްތައް/ޖަމްޢިއްޔާ އަކުން ކުރާނޭ ޚަރަދާއި ފާއިތުވީ 5 އަހަރުގައި ހިންގާފައިވާ ހަރަކާތްތަކަށެވެ. ޕްރޮޕޯސަލްތައް ބަލައިގަނެވޭނީ މިކައުންސިލްގެ 'ހޯނޑެއްދޫ ކައުންސިލުން ޖަމްޢިއްޔާ ޖަމާއަތްތަކަށް ރެފަރެންސް ލެޓަރ ދިނުމާއި ޕްރޮޕޯޒަލް އެންޑޯޒް ކުރުމާއި އެމްއޯޔޫތަކުގައި ސޮއިކުރުމާއި ކޮންޑިޝަނަލް ގްރާންޓް ދިނުމުގައި ގެންގުޅޭނޭ އުސޫލް' ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އެކަންޏެވެ. މިއިޢުލާން އާއިއެކު 'ހޯނޑެއްދޫ ކައުންސިލުން ޖަމްޢިއްޔާ ޖަމާއަތްތަކަށް ރެފަރެންސް ލެޓަރ ދިނުމާއި ޕްރޮޕޯޒަލް އެންޑޯޒް ކުރުމާއި އެމްއޯޔޫތަކުގައި ސޮއިކުރުމާއި ކޮންޑިޝަނަލް ގްރާންޓް ދިނުމުގައި ގެންގުޅޭނޭ އުސޫލް' އާންމު ކުރެވިފައި ވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.