މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" މަތީ ތަޢުލީމު ސްކޮލަރޝިޕްގެ ދާއިރާތަށް 2025 "

" މަތީ ތަޢުލީމް ސްކޮލަރޝިޕް ގެ ދާއިރާތައް (2025)

       ހިންމަފުށީގެ ދަރިވަރުންގެ ތެރެއިން ސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުން ކިޔެވުމަށް ބާރުއެޅުމާއި ރަގަޅު ނަތީޖާ ހޯދުމަށް ހިތްވަރު ދިނުމާއި ރަށުގައި ތަޢުލީމީގޮތުން ކުރިއަރާފައިވާ ދަރިވަރުން ބިނާކުރުމުގެ މަޤުޞަދުގައި ކައުންސިލުން ފާސްކޮށް ޢާންމު ކޮށްފައިވާ "ހިންމަފުށީ މަތީތަޢުލީމް ސްކޮލަރޝިޕް އުޞޫލް" ގެ 5 ވަނަމާއްދާގެ ދަށުން ކައުންސިލުން އިސްކަންދޭން ކަނޑައެޅިފައިވާ ދާއިރާތައް މިދަންނަވަނީއެވެ.

1-      އެޑިޔުކޭޝަން ދާއިރާ

2-      ޞިއްޙީދާއިރާ

3-      އިންޖިނިއަރިންދާއިރާ

4-      ޤާނޫނީ ދާއިރާ

5-      ޕޮލިޓިކަލްސައިންސް ދާއިރާ

       ވީމާ،  މިދާއިރާ ތަކުން ސްކޮލަރ ޝިޕަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ދަރިވަރުން ފޯމް ފުރިހަމަކުރައްވާ އުޞޫލުގެ  7ވަނަމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިއަދުންފެށިގެން 15  ދުވަހުގެ ތެރޭ މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. 

       މިހެންވެމިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

29 މޭ 2025
ހޯދާ