ޓޫރިސްޓް ހޮޓެލް ހަދާ ހިންގުމަށް މިރަށުގެ ދަރުމަކޮޅުން 10،000 (ދިހަހާސް) އަކަފޫޓްގެ 2 ބިން (ޕްލޮޓް ނަމްބަރ 9 ، 10) 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ, [email protected]މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] މެއިލަށެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 03 ޖުލައި 2025 ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
|
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.