މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ދިއްފުށީ ސިނާއީ ސަރަހައްދުން އޭ- އަދި ޑީ- ކެޓަގަރީ އިން ބިން ކުއްޔަށް ދިނުން!
- ކ.ދިއްފުށީ ސިނާއީ ސަރަހައްދުން އޭ ކެޓަގަރީން 01 ބިން އަދި ޑީ ކެޓަގަރީން 04 ބިން، ސިނާއީ މަސައްކަތްތައް (ވޯކްޝޮޕް ހިންގުމުގެ މަސައްކަތްތައް)،ގައު އެޅުމުގެ މަސައްކަތް،މަސް ޕްރޮސަސް ކުރުމުގެ މަސައްކަތްތައް އަދި ވަޑާންކުރުމުގެ މަސައްކަތްތައް (ލަކުޑި، އެލުމިނިއަމް)ފަދަ ސިނާއީ މަސައްކަތްތައް ރަށު ތެރެއިން ސިނާއީ ސަރަހައްދަށް ބަދަލްކޮށް (ސިނާއީ ސަރަހައްދުގައި) އެމަސައްކަތްތައް ހިންގައި ތަރައްޤީކުރުމަށް 15 އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.އަދި ސިނާއީ އެއްވެސް ބިމެއް ނެތް ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 01 ޖޫން 2025 ން 12 ޖޫން 2025 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލް ކުރާނަމަ މެއިލް ކުރަންވާނީ މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށެވެ. އިތުރު އެހެން މެއިލްތަކަށް ފޮނުވާ ރަޖިސްޓްރޭޝަން ފޯމްތަށް ބަލައެއްނުގަނެވޭނެއެވެ. އަދި ބިޑްފޮތް މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- މިބީލަމާއި ގުޅޭ ބީލަން ފޮތް01 ޖޫން 2025 ން 12 ޖޫން 2025 އަށް، ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަންފޮތުގެ އަގަކީ 1،000.00 (އެއްހާސް ރުފިޔާއެވެ). އެއްވެސް ސަބަބަކާއި ގުޅިގެން ބީލަންފޮތް ގަތުމަށް ޚަރަދުކުރައްވާ ފައިސާއަކީ އަނބުރާ ދެވޭނޭ ފައިސާއެއްނޫނެވެ. ބީލަން ފޮތާއި ގުޅުން ހުރި ލިޔުންތައް ފޮނުވޭނީ ބީލަން ގަތުމަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުންނެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ބީލަން ފޮތް ގަތުމަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އިދާރާއަށް ހުށަހަޅައި އިދާރާއިން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަ ކުރުމަށް ފައިސާ ދެއްކުމަށް އެންގުމުންނެވެ.
- މިބީލަމާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 01 ޖޫން 2025 އިންފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 12 ޖޫން 2025 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 15 ޖޫން 2025 އާދިއްތަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަން ހުޅުވުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން(ބަދަލުގައި ފޮނުވާ ފަރާތްތައް) ކޮންކުންފުނިއަކުން ކަން އަދި ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މިލިޔުން ހުށަހަޅަންވާނީ ބީލަން ހުށަހަޅާ ސިޓީއުރައާއި ވަކިންނެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
29 މޭ 2025
ހޯދާ