ދިވެހިރާއްޖެ
މިރަށު (ބަނދަރު) އުތުރު ފަރާތު ސަރަހައްދުން ރޯމަހުގެ ބާވަތްތައް ގަނެ ވިއްކާ އޭގެ ވިޔަފާރި ކުރުމަށް 20,000 (ވިހި ހާސް އަކަފޫޓް) އަކަފޫޓުގެ ބިމެއް 50 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުވުން އެދެމެވެ.
v މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވުމުގެ ސުންގަޑި |
11 ޖޫން 2025 |
ބުދަ |
11:00 |
|
ނޯޓް: މައުލޫމާތު ސެޝަންގައި ރަޖިސްޓްރީވުމަށް ތިރީގައިވާ މަޢުލޫމާތުތަކާއިއެކު 11 ޖޫން 2025 ވާ އަންގާރަ ހެދުނު 11:00 ގެ ކުރިން އީމެއިލް: [email protected] ކުރެއްވުން އެދެމެވެ.
|
||||
މަޢުލޫމާތު ސާފުކުރުން |
11 ޖޫން 2025 |
ބުދަ |
13:00 |
|
ނޯޓް: މައުލޫމާތު ސެޝަންގައި އޮންލައިންކޮށްވެސް ބައިވެރިވެވޭނެއެވެ. އަދި މައުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. |
||||
ބީލަން ހުށަހެޅުން: (ހުވަދުއަތޮޅު އތުރުބުރީ ކޮލަމާފުށީ ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައި) |
18 ޖޫން 2025 |
ބުދަ |
13:00 |
|
މި ޢިއުލާނުގައިވާ މަސައްކަތާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6820017 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޛުލްޙިއްޖާ 1446