ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ސިނާޢަތުގެ ދަތުރުފަތުރާއި ގްރީން ހައުސް ގޭސް އެމިޝަން ދެނެގަތުމަށް ކުރާ ދިރާސާއެއް ކޮށްދޭނެ ކޮންސަލްޓެންސީ ސަރވިސް ހޯދުމާބެހޭ
ފަތުރުވެރިކަމުގެ ސިނާޢަތުގެ ދަތުރުފަތުރާއި ގްރީން ހައުސް ގޭސް އެމިޝަން ދެނެގަތުމަށް ކުރާ ދިރާސާއެއް ކުރުމުގެ މަސައްކަތް މިމިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ތިރީގައި ވާ އެޑްރެހަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ކުރު ޚުލާޞާއެއް (ޕްރޮޕޯސްޑް މެތަޑޮލޮޖީ)
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު (މަހަކަށް ޖެހޭވަރު އެނގޭގޮތަށް)
- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
- ޓީމް ލީޑަރުގެ އާއި ފަރމްގެ އެހެން މުވައްޒަފުންގެ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
- ޓީމް ލީޑަރގެ އާއި ފަރމްގެ އެހެން މުވައްޒަފުންގެ ސީވީ.
މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަންތައް ހުޅުވުން އޮންނާނީ، 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 300 3004 960+ ފެކްސް: 301 3004 960+
އީމެއިލް އެޑްރެސް: [email protected]