މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫ މޮނިއުމެންޓް ފަރުމާކުރުން.

ރަށަށް ލަފާފުރާ އެންމެނަށް ރަށުގެ މޫނުމަތީގެ ގޮތުގައި ފެންނަ އެއްޗެއް ކަމުގައިވާ، ރަށަށާއި ބަނދަރުގެ ޒީނަތްތެރިކަން ފުރިހަމަ ވެ މިރަށުގެ 'ބްރޭންޑް ރެކޮގްނިޝަން' އިތުރުކުރުމުގެ ގޮތުން، މޮނިއުމެންޓެއް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ޑިޒައިންތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ޑިޒައިންއަކަށް 10000.00 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

      އެހެންކަމުން، މޮނިއުމެންޓް ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ، މޮނިއުމެންޓް ފަރުމާކުރުމަށްފަހު ޕްރޮޕޯސަލް ހުށައެޅުންވުން އެދެމެވެ. މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ، މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިއުލާނާއިއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް، މޮނިއުމެންޓްގެ ސޮފްޓްކޮޕީ އަދި ދެންނެވިފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް [email protected] މެއިލް ކުރެއްވުން އެދެމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވެއްލައްވާނަމަ، ދެންނެވިފައިވާ މެއިލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.

29 މޭ 2025
ހޯދާ