މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ލީގަލް ކޮންސަލްޓަންޓް

 (IUL)10-C/10/2025/78:ނަންބަރު

އިޢުލާނު

 

މަޤާމު:

ލީގަލް ކޮންސަލްޓަންޓް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ، 12 (ބާރަ) މަސް ދުވަސް.

މަޤާމުގެ ރޭންކު:

-

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / ލީގަލް އެފެއާޒް ޑިޕާޓްމަންޓް / ކ.މާލެ

މުސާރަ:

މަހަކު 25,000.00ރުފިޔާ

ސަރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

-

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިރާސާކުރުމާއި ޤާނޫނީ ލަފާދިނުން:

1.1.   ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ބިލުތަކުގެ ތެރެއިން 2025 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ބިލުތައް އެކުލަވާލުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.

1.2.   މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.

1.3.   މިނިސްޓްރީގެ ބެލެނިވެރިކަމުގައިވާ ޤާނޫނާއި، މިނިސްޓްރީން ތަންފީޛުކުރާ ގަވާއިދުތަކާއި އުޞޫލުތައް މުރާޖަޢާ ކުރުމަށްޓަކައި ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުމަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާތައްކޮށް ކަރުދާސް އެކުލަވާލުން.

1.4.   ޤާނޫނީ ގޮތުން ވަކިވަކި ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ ދިރާސާތައްކޮށް ކަރުދާސް އެކުލަވާލުން.

  2. ޑްރާފްޓްކުރުމާއި ކޮމެންޓްކުރުން:

2.1.   މިނިސްޓްރީން އަލަށް އެކުލަވާލަންޖެހޭ ބިލުތައް އަދި މިނިސްޓްރީން ތަންފީޛުކުރަމުންދާ ޤާނޫނުތަކާއި، ގަވާއިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ޑްރާފްޓްކުރުން.

2.2.   މިނިސްޓްރީން އެކުލަވާލަންޖެހޭ އެއްބަސްވުންތަކާއި އެމް.އޯ.ޔޫ ތައް ޑްރާފްޓްކުރުން.

2.3.   މިނިސްޓްރީން ކޮމެންޓްކުރަންޖެހޭ ޤަނޫނީ ލިޔެކިޔުންތަކަށް ކޮމެންޓްކުރުން.

2.4.   މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއި ދެމެދު ވުމަށް ތައްޔާރު ކުރެވޭ "ބައިލެޓްރަލް" އަދި "މަލްޓިލެޓްރަލް" އެއްބަސްވުން/ޓްރީޓީ/އެމް.އޯ.ޔޫތައް ޑްރާފްޓްކުރުމާއި ކޮމެންޓްކުރުން.

2.5.   ޤާނުނީ ލިޔެކިޔުންތައް ދިވެހި ބަހާއި އިނގިރޭސި ބަހަށް ތަރުޖަމާކުރުން.

2.6.   މަތީގައި ބަޔާންކޮށްފައިވާ ޤާނޫނީ ކަންކަމާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2. ޤާނޫނީ ދިރާސާތައް ކުރުމާއި ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމުން މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަނަވަރު (ސީވީ) ނުވަތަ ޕްރޮފައިލް (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.
  4. ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ.
  • އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ.

  5. ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޤާނޫނީ  ދިރާސާތައް ކުރުމާއި ޤާނޫނާއި ގަވާއިދު ޑްރާފްޓްކުރުމުގެ މަސައްކަތްކޮށްފައިވާނަމަ، މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް:

  • ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މިފަދަ މަސައްކަތްތައް ކޮށްދީފައިވާ ކަމުގެ މުއްދަތު އެނގޭގޮތަށް އެންމެ މަދުވެގެން 5 ލިޔުން ހުށަހަޅަންވާނެ.
  • މި ލިޔުންތައް ހުށަނާޅާ ފަރާތްތަކަށް ތަޖުރިބާގެ ބަޔަށް ޕޮއިންޓް ނުދެވޭނެ.
  • މަސައްކަތް ޙަވާލުކޮށްފައިވާ އެއްބަސްވުންތައް ތަޖުރިބާގެ ގޮތުގައި ނުބެލެވޭނެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ޤާނޫނީ ލިޔެކިޔުންތައް ފަރިތަކަމާއެކު ޑްރާފްޓްކުރުމާއި ކޮމެންޓްކުރުމާއި އަދި މުޢާމަލާތްކުރަން އެނގުން.
  2. މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތަކަށްވުން.
  3. ތަޢުލީމީ ފެންވަރާއި ތަޖުރިބާ 50%
  4. އެގްޒާމް އަދި އިންޓަރވިއު  50%
  5. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.

މަސައްކަތު ގަޑި

ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 08:00 އިން 16:00 އަށް (މީގެ އިތުރުންވެސް ދިމާވާ ޙާލަތަކާ ގުޅިގެން ކޮންސަލްޓަންޓްގެ ޚިދުމަތް ބޭނުންވެއްޖެ ހިނދެއްގައި ކޮންސަލްޓަންޓްގެ ޚިދުމަތް ދިނުން)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖޫން 17 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 ޖޫން 22 އާއި 30 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031541 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

02 ޛުލްޙިއްޖާ 1446

29 މޭ 2025
ހޯދާ