މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމަށް

އިޢުލާން

ތިލަފުށިން 1000 އަކަފޫޓުގެގުދަނެއް 01 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި މި މިނިސްޓްރީގެ ނަންބަރު IUL)10-F/1/2015/104 (ތާރީޚު:13 އޮގަސްޓް 2015) ގެ އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް މި މިނިސްޓްރީން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، ގުދަން ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏16 ޛުލްޤަޢިދާ 1436 

31 އޮގަސްޓް 2015
ހޯދާ