މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ އަތޮޅު ކައުންސިލް އިދާރާއަށް ޤާނޫނީ ލަފަޔާއި ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން، މި ކައުންސިލުން ހަވާލުކުރާ ޤާނޫނީ މަސައްކަތްތައް ކޮށްދިނުމާއި، ކައުންސިލުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި، ކައުންސިލްގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި މި ކައުންސިލް ތަމްސީލުކުރުމާއި އަދި މި ނޫން ވެސް ޤާނޫނީ ގޮތުން ކައުންސިލުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން  އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

  1. މިބީލަން ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ލޯ ފާރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސް އެއްގޮތަށް ދަފުތަރު ކޮށްފައިވާ، އަދި ޤާނޫނުތަކާއި އެއްގޮތަށް މިނިސްޓްރީ އޮފް އިނޮކޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 04 ޖޫން 2025 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
  3. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 29 މެއި  2025 އިންފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 04 ޖޫން 2025 ވަނަދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  5. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 18 ޖޫން 2025 ވާ ބުދަ ދުވަހުގެ 12:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

 މިސްކިތް މަގު ރ. އުނގޫފާރު

ފޯން: 6580027

އީމެއިލް: [email protected]

28 މޭ 2025
ހޯދާ