ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދިނުމާ ބެހޭ

މި އިޢުލާންވަނީ 03 ސެޕްޓެންބަރު 2015 12:08 ގައި ބާތިލް ކުރެވިފައެވެ.


ބިން ކުއްޔަށް ދިނުމާ ބެހޭ

ކުޅުދުއްފުށީ މާވަހަރު އުތުރުން އިންވެގެން އޮތް '' މުހުތާދު '' (2913.24 އަކަފޫޓް ބިން) ގޯތި ކުއްޔަށް ދިނުމަށް ކުރެވުނު ނަންބަރު IUL)266/266/2015/28 (ތާރީޚު:11 މާރިޗު 2015) އިޢުލާނާ ގުޅިގެން ކުރިމަތި ލައްވާފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީވެ، އެ އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބާޠިލުކޮށް އަލުން މުހުތާދުގޯތި ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ.

ވީމާ މިބިން ކުއްޔަށް ހިއްޕެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ ދަންނަވަމެވެ.

15 ޛުލްޤަޢިދާ 1436

30 އޮގަސްޓް 2015
ހޯދާ