ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަސްރޭސް 1446

 މިކައުންސިލުން މިއަހަރުގެ 1446 ވަނަ އަހަރުގެ އަޟުހާ އީދު ދުވަސް ފާހަގަ ކުރުމަށްޓަކައި،  ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވައިލައިގެން މަސް ބޭނުމުގެ މުބާރާތެއް (މަސް ރޭހެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 09 ޖޫން 2025 ވަނަ ދުވަހުއެވެ. މޫސުން ތަން ނުދޭނަމަ މުބާރާތް ބާއްވާ ތާރީޚު ބަދަލުވެދާނެއެވެ.  މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރައިގެ ހުރިހާ ރައްޔިތުންނަށް ހުޅުވައިލައިގެންނެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މިއިޢުލާނާ އެކުގައިވާ ޤަވާޢިދުގައި ވާނެއެވެ.

ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަށް 2025 ޖޫން 07 ވަނަ ދުވަހުގެ 13:30  ގެ ކުރިން، މި އިޢުލާނާ އެކީގައިވާ "ރައްޔިތުންގެ މަސްރޭސް 2025 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއެކީ އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

28 މޭ 2025
ހޯދާ