މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ގެދޮރާއި މަގުތަކާއި ގޯޅިތައް ސާފުކުރުން

މިރަށަކީ އެކި އެކި މުނާސަބަތުތަކާއި ގުޅިގެން ލިބޭ ބަންދު ތަކުގައި ގިނަ ޢަދަދެއްގެ މެހުމާނުން ޒިޔާރަތް ކުރަމުންދާ ރަށެކެވެ. މީގެ އިތުރުންވެސް މިއަހަރަކީ މިރަށަށް "ޒިޔާރަތް ކުރުމުގެ އަހަރު" ގެ ގޮތުގައި ފާހަގަ ކުރާ އަހަރުކަމަށްވާތީ، ގިނަ ޢަދަދެއްގެ ފަތުރު ވެރިންވެސް މިރަށަށް ޒިޔާރަތް ކުރެއެވެ. މި ގޮތުން މިރަށަށް ޒިޔާރަތް ކުރާ އެންމެހައި ފަރާތްތަކަށް ހިތްހަމަ ޖެހުންލިބޭ އެއްކަމަކީ ރަށުގެ ސާފު ތާހިރުކަމެވެ.

ވީމާ، އެބަޔަކު ދިރިއުޅޭ ގޯތިގެދޮރާއި، އަދި އެމީހަކު ޙަވާލުވެފައިވާ ގޯތި ގެދޮރުތަކާއި، ފަޅުގޯތިތަކުގެ ވަށައިގެންވާ މަގުތައް (އަވަށުތެރޭގަޔާއި އަވަށުން ބޭރުގައި ހުރި) ވިނަ ނޮޅާ ކުނިކަހާ ސާފުކުރުމަށާއި، މަގަށްވާ ގޮތަށްހުރި ގަސްތަކުގެ ގޮފިތައް ބިމުން ފެށިގެން '10 ފޫޓަށް ކޮށާރީތިކުރުމަށް ޢާއްމުކޮށް އަންގަމެވެ. 

އަދި ދަންނަވަމެވެ. މަގު މަގުގައި އެކި ފަރާތަކުން ބަހައްޓާފައިހުރި ގައު ފުނިތަކާއި، ވެލިފުނިތަކާއި، ދަރާއި ލަކުޑި އަދި ހަލާކުވެފައިވާ ވެހިކަލްތަކާއި ވެހިކަލްތަކުގެ ބައިތައް 2025 ޖޫން 03 ވާ އަންގާރަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން މަގުތަކުން ނަގާ ސާފު ކުރުމަށް ދެންނެވީމެވެ.

މިކަމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން މިކަމަށް ހުރިހާ ފަރާތްކަކުންވެސް އެއްބާރު ލެއްވުން ދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. 

28 މޭ 2025
ހޯދާ