ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމިޓީއެއް އެކުލަވައިލުމަށް މެމްބަރުން އިންތިޚާބު ކުރުމުގެ އުޞޫލް

 

މި އުޞޫލަކީ ޤާނޫނު ނަމްބަރ 1/2002 ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގެ ދަށުން، 05 ފެބުރުއަރީ 2024 ގައި ފާސްކޮށްފައިވާ ގދ.ނަޑެއްލާ ލޭންޑް ޔޫސް ޕްލޭންގައިވާ ކައުންސިލް އިޛްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000  (ދެހާސް) އަކަފޫޓުގެ 52 (ފަންސާސްދެ) ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނެ ވަގުތީ ކޮމިޓީއެއް އެކުލަވާލުމާއި، މެމްބަރުން އިންތިޚާބު ކުރުމުގެ އުޞޫލެވެ. މިއުޞޫލަށް ކިޔާނީ "ދިރިއުޅުމަށްޓަކައި ބަނޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެމްބަރުން އިންތިޚާބު ކުރުމުގެ އުޞޫލް" އެވެ.

ގދ.ނަޑެއްލާއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމިޓީއެއް އެކުލަވައިލުމަށް މެމްބަރުން އިންތިޚާބު ކުރުމުގެ އުޞޫލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.  

 

22 މޭ 2025
ހޯދާ