މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން އިކޯ ސެންޓަރުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުން.

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން އިކޯ ސެންޓަރުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލަން ބޭނުން ވެއެވެ.

މަސައްކަތު ވަގުތު: ދުވާލަކު 8 ގަޑިއިރު

މުސާރަ : މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު ގަޑިއިރަކަށް 50 ރުފިޔާ (ޕެންޝަން ކޮންޓިރިބިޔުޝަން ހިމެނިގެން)

ވީމާ މި ޕޫލުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި އެހެނިހެން ލިޔެކިޔުންތައް 2025 ޖޫން 03 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ. މިޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

28 މޭ 2025
ހޯދާ