ދިވެހިރާއްޖެ
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތާ ގުޅޭ
މި އިދާރާއިން ކުރެވިފައިވާ "ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު" ގެ އިޢުލާނު (ނަންބަރު: (IUL)496-B2/496/2025/8) އާއި "ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕަށް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން" (ނަންބަރު: (IUL)496-B2/496/2025/11) އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.
"މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު"ގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ ފަރާތުން ތައްގަނޑު ޖެހުމަށް ހިމަނާފައިވާ ބައިގައި، އެ އޮތޯރިޓީގެ ތައްގަނޑު ޖަހަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި މީގެ އިތުރުން އެ އޮތޯރިޓީގެ “Application Form for Recognition of the Intended Program” މި ފޯމް، ޕްލޭސްމެންޓް ނެތުމުގެ ސަބަބުން ބައެއް ދަރިވަރުންނަށް ހުށަނޭޅޭތީ މި ފޯމުގެ ޖަވާބުވެސް ސްކޮލަރޝިޕަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.
ފުރަތަމަ އިޢުލާނުގެ ލިންކު: https://www.gazette.gov.mv/iulaan/336016
ދެވަނަ އިޢުލާނުގެ ލިންކު: https://www.gazette.gov.mv/iulaan/341060
