ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން " ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް ފޯރ ސުޕަވައިޒާރސް" ޓްރޭނިންގ އެއް 19 ޖޫން 2025 އިން 21 ޖޫން 2025 ގެ ނިޔަލަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޓްރޭނިންގ ގައި ކޮންމެ ރަށަކުން 2 ބޭފުޅަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި ބައިވެރިވާ ބޭފުޅުންގެ ހުރުމާއި ކެއުން ހަމަޖައްސާނީ މިކައުންސިލްގެ ފަރާތުންނެވެ. އާރު.ޓީ.އެލް ގައި ދަތުރުކުރުމަށްފަހު ޓިކެޓް ހުށަހެޅުމުން އަތޮޅު ކައުންސިލުން ޓިކެޓްގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ވީމާ، މި ޓްރެއިނިންގ ގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިކައުންސިލް އިދާރާގެ ނަންބަރު 7900016 ފޯނަށް، ނަމާއި،އެޑްރެސް، އައިޑީކާޑް ނަންބަރު އަދި ފޯނު ނަންބަރު ޖެއްސެވުމަށްފަހު މެސެޖް ކުރައްވައި ނުވަތަ ފޯމް ފުރުއްވައި 03 ޖޫން 2025 ވަނަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން ނަންނޯޓް ކުރުމަށް ދަންނަވަމެވެ.
ގޫގުލް ފޯމްގެ ލިންކް: https://forms.gle/HfQHZvSRz96XvkeE8