ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2025/07
އަމިއްލަތަކެތީގައި ރަށްވެހި ޕާކު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ކެންޓީނުގެ ފުރާޅުގައި ފަން ޖެހުން
- ކެންޓީނު ފުރާޅުގައި މިހާރު ޖަހަފައިވާ ( ސިންތެޓިކް ރޫފް ހެޗް ) ފަނުގެ މަތިން ފަންޖެހުން.
- ( ސިންތެޓިކް ރޫފް ހެޗް ) ފަން ފުރާޅުގައި ޖަހަންވާނީ ކައުންސިލުން ބަލައި ޗެކުކުރުމަށްފަހު ކައުންސިލްގެ ހުއްދަލިބިގެންނެވެ.
އުނދޯލިގެ ފުރާޅުގައި ފަން ޖެހުން
- އުނދޯލިގެ ފުރާޅުގައި މިހާރު ޖަހަފައިވާ ފަންތައް ނަގައި، ފަތި އަޅައި، ( ސިންތެޓިކް ރޫފް ހެޗް ) ފަންޖެހުން.
4 ( ހަތަރެއް ) ކުދި އުނދޯލި ހަދައި ހަރުކުރުން
- 4 ( ހަތަރެއް ) ކުޑަކުދިންގެ އުނދޯލި، ލަކުޑިން ( ގިނަ ދުވަހަށް ދެމި ހުންނާނެ ) ހަދާ، މިހާރު އުނދޯލި ހަރުކުމަށް ހަދާފައިވާ ދަނގަޑު 02 ( ދޭއް ) ފްރޭމްތަކުގައި ކޮންމެ ފްރޭމް އެއްގައި 02 (ދޭއް ) އުނދޯލި ހަރުކުރުން.
ސްލައިޑަރގެ ޕްލެޓް ފޯމާއި ސިޑިތަށް ފައިބަރ ކުރުން
- ސްލައިޑަރ ގައިވާ ދަނގަޑު ޕްލެޓްފޯމް ނައްޓުވައި އެ ޕްލެޓްޕޯމާއި އެއްގޮތައް 25×40 އެމް.އެމް، ދަނގަނޑު ހޮލޯބަރ އިން ޕްރޭމްހަދައި 6 އެމް.އެމް ބޯމިނުގެ ފައިބަރގްލާސް ޝީޓްއަޅައި ޖެލްޖަހައި ހަރުކުރުން.
- ސްލައިޑަރ އާއި ގުޅިފައިވާ ދަނގަޑު ސިޑި ނައްޓުވައި އެ ސިޑިއާއި އެއްގޮތައް ފައިބަރުން ސިޑިހަދާ ހަރުކުރުން.
ސްލައިޑަރ އިން ބައިގެ ގަސް ބުޑު ނެގުން
- ސްލައިޑަރގެ އިރު ދެކުނުން ހުރި ގަސްބުޑު ނަގާ ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައި ގަސް އިންދުން.
- ސްލައިޑަރ އިން ބައިގެ ތަޅުންގަނޑު ނަގައި އުކާލައި ކައުންސިލުން ދޭ ޓާރފް އެޅުން.
ރަޖިސްޓްރީކުރުން |
2025 ޖޫން 15 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ރަށްވެހި ޕާކު މަރާމާތުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2025 ޖޫން 15 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"ރަށްވެހި ޕާކު މަރާމާތުކުރުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.
- ޓެކްސް ކުލިއަރެންސް ރިޕޯޓް.
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %80
- ތަޖުރިބާ
- މުއްދަތު
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
- ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
- ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އިތުރު މަޢުލޫމާތު
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ، 1 (އެކެއް) އަންދާސީ ހިސާބެވެ.
- ވިޔަފާރީގެ ވެރިފަރާތް ނޫން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅަން ޙާޟިރުވާނަމަ، އެކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.