މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމުގައި އެއްގަމު ލައިސެންސް ޓްރެކެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފާރާތެއް ހޯދުމާ ގުޅޭ

އިޢުލާން

ށ.ކަނޑިތީމުގައި އެއްގަމު ލައިސެންސް ޓްރެކެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފާރާތެއް ހޯދުމާ ގުޅޭ

 

 

 

މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ށ.ކަނޑިތީމުގައި އެއްގަމު ލައިސެންސް ޓްރެކްއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް

 

              ލިންކް:  https://forms.office.com/r/5Jj8K0MFgD

ތަފްސީލް

ތާރީޙް

ގަޑި

ރަޖިސްޓްރީވުމުގެ ސުންގަޑި

03 ޖޫން 2025  (އަންގާރަ)

12:00

މައުލޫމާތު ދިނުމުގެ ސެޝަން ( ކައުންސިލް އިދާރާ ކޮންފަރެންސް ހޯލް)

04 ޖޫން 2025 ( ބުދަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލް އިދާރާ ކޮންފަރެންސް ހޯލް)

10 ޖޫން 2025 ( އަންގާރަ)

13:00

ތަން: ށ.ކަނޑިތީމު ކައުންސިލް އިދާރާ

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6540041 ނަމްބަރު ފޯނަށެއެވެ.

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

 

ވަޑައިގަންނަވާ ކޮންމެފަރާތަކަށްވެސް ހުށަހެޅޭނީ އެކެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ އަދި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

 01 ޛުލްހިއްޖާ 1446

 

28 މެއި 2025

 

28 މޭ 2025
ހޯދާ