މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގރ. 1

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ކޯޕްރޭޓް އެފެއަރސް/ މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕޮލިޓެކްނިކްގެ ކައުންސިލް އެގްޒެކްޓިވް ކޮމެޓީ އަދި ސީނިއަރ މެނޭޖްމަންޓްގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން
  • ޕޮލިޓެކްނިކް ފޮރޮމޯޓްކުރުމަށް ބޭނުންވާ މީޑީޔާ ހަރަކާތްތައް ހިންގުން
  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިފަރާތްތަކާ ޤާއިމުކުރެވިފައިވާ ގުޅުންތަކާ ގުޅުންހުރި މަސައްކަތްތައް ބެލެހެއްޓުން
  • ޕޮލިޓެކްނިކާ އެކިއެކި ސިނާއަތްތަކާ އޮތް ގުޅުން ކޯޑިނޭޓްކޮށް ބެލެހެއްޓުން
  • އަތޮޅުތަކުގައި ހުރި ކެމްޕަސްތަކުގެ ހާލަތްބެލުމަށް ކުރެވޭދަތުރުތަކުގައި ބައިވެރިވުން
  • އަތޮޅުތަކުގައި ހުރި އަދި ގާއިމްކުރެވޭ ކެޕްފަސްތަކާއި ގުޅުންހުރި އިދާރީ މަސައްކަތްތައް ބެލެހެއްޓުން
  • ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ދުވަހުން ދުވަހަށް ފަރުވާތެރިކަމާއެކު ފުރިހަމަކުރުން

ޝަރުޠު:

ތަޢުލީމީ ފެންވަރު:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ. މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 16 ސެޕްޓެންބަރު 2015 އިން 20 ސެޕްޓެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mvން ޑައުންލޯޑް ކުރެވޭނެއެވެ.) 

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް)

ނ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް/ ގ.ރެހެންދިހިނގުން (1 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 14 ސެޕްޓެންބަރު 2015ވަނަ ދުވަހުގެ 15:00 ގެ ކުރިން.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

03 ސެޕްޓެންބަރު 2015
ހޯދާ