ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކެއުމާއި ސައި ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީން އިންތިޒާމު ކޮށްގެން 15 ސެޕްޓެންބަރު 2015 އިން 17 ސެޕްޓެންބަރު 2015 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ކެއުމާއި ސައި ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

07 ސެޕްޓެންބަރު 2015

ހޯމަ

13:00 (މެންދުރުފަހު)

އަންދާސީހިސާބު ހުށަހެޅުއްވުން

10 ސެޕްޓެންބަރު 2015

ބުރާސްފަތި

13:00 (މެންދުރުފަހު)

15 ޛުލްޤަޢިދާ 1436

30 އޮގަސްޓް 2015
ހޯދާ