ދިވެހިރާއްޖެ
އައިލަންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިޔުކޭޝަން އިން ގައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވަ ކޯހާއި ގުޅޭ
އައިލަންޑް އިންސްޓިޓިޔުޓް އޮފް ޓާޝިއަރީ އެޑިޔުކޭޝަން އިން ގައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސަރޓިފިކެޓް 3 އިން އިލެކްޓްރިކަލް އިންޓަލޭޝަން އެންޑް މެއިންޓަނަންސް" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާއްތަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެ ނަން ނޯޓް ކޮށްދެއްވުން އެދެމެވެ. ނަން ނޯޓް ކުރުމުގެ އެންމެ ފަހު މުއްދަތަކީ 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
އިދާރާ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށެވެ. މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 9660442އަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.