ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހައުސްކީޕަރ

މިހޮސްޕިޓަލުން 1 އޮކްޓޫބަރު 2014 ގައި ހައުސްކީޕަރެއްގެ މަޤާމަށް ކުރެވުނު ނަންބަރު:28/2014/IUL)KRH-HR) އިޢުލާނުގެ މަޤާމުގެ ރޭންކާއި މުސާރަ ރަނގަޅު ކަމުގައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

ހައުސްކީޕަރ  

ބޭނުންވާ އަދަދު:     

01

މަޤާމުގެ ކްލެސިފިކޭޝަން: 

ސަޕޯރޓް ސްޓާފް ގްރޭޑް 4 ރޭންކް SS4

މުސާރަ

މަހަކު -/4340 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް/ ހދ. ކުޅުދުއްފުށީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެއާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ސާފުތާހިރުކަމާއި މަރާމާތުގެ ކަންތައް ބެލެހެއްޓުން.
  • ބަލިމީނުންނަށް ބޭނުންކުރާތަކެތީގެ ސާފުތާހިރުކަމާއި މަރާމާތުގެ ކަންތައް ބެލެހެއްޓުން.
  • ހޮސްޕިޓަލުގެ ފެނާއި ނަރުދަމާގެ ކަންތައް ބެލެހެއްޓުން.
  • ހޮސްޕިޓަލުގެ ގަސްތަކާއި ބަގީޗާގެ ކަންތައްތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

ހައުސްކީޕިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހައުސްކީޕިން މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލްސަރވިސް މުވައްޒަފުންނަށް ހަމޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށައަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާ އިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ( އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ)
  • މަސައްކަތު ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ (މުއްދަތުހަމަނުވާ) ކާކުކަން އަންގައިދޭ ކާޑުގެ ދެފުށްފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަކޮޕީއެއް .
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

ކުރިމަތިލައްވާ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ،2015 ވަނައަހަރުގެ އޮކްޓޫބަރު މަހުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527693 އާ ގުޅުއްވުން އެދެމެވެ.  

30 އޮގަސްޓް 2015
ހޯދާ