އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ހޮޓްލައިން ނަންބަރު އާންމުކުރުމާއި ގުޅޭ

އިދާރާއިން ދެމުންގެންދާ އާންމު ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަގަޅުކޮށް ހަރުދަނާ ކުރުމުގެ ގޮތުން މިއިދާރާއަށް ޚާއްސަކޮށް ހޮޓްލައިން އެއް (7390539)  ޤާއިމް ކުރެވިފައިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ހޮޓްލައިންގެ ޚިދުމަތް ޢާންމުކޮށް ލިބިލައްވާނީ ސަރުކާރު އޮފީސްތައް ރަސްމީކޮށް ބަންދުވާ ވަގުތުން ފެށިގެން ރޭގަނޑު 12:00 އަށެވެ. އަދި ބޭނުންފުޅުވެލައްވާ ޚިދުމަތްތަކާއިގުޅޭގޮތުން ވައިބަރ އެޕްލިކޭޝަން މެދުވެރިކޮށްވެސް  މިނަންބަރުގެ  ޚިދުމަތް  ލިބިވަޑައިގަންނަވާނެއެވެ. މިހާރު ކައުންސިލްގައި ބޭނުންކުރަމުންދާ 7964105 ވައިބާރ ނަންބަރުގެ ޚިދުމަތް 15 ޖޫން 2025އިން ފެށިގެން މެދުކަނޑާލެވޭނެ ކަމުގައި ދަންނަވެވެ.

ނޯޓް: ވައިބަރ މެދުވެރިކޮށް ސްލިޕް ފޮނުވާއިރު ކޮން ޚިދުމަތަކަށް އެދި ޓްރާންސްފަރ ކުރާ ފައިސާއެއްކަން އެނގޭނޭހެން ކޮމެންޓްގައި ލިޔުއްވުމަށް އެދެމެވެ.

ވީމާ، މިކަން މަޢުލޫމާތަށްޓަކައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 މޭ 2025
ހޯދާ