ދިވެހިރާއްޖެ
ގައްދޫގެ ހުސްބިންތަކުގައިހުރި ބަންޑާރަ ރުއްތައް ކުއްޔަށް ނަންގަވައިގެން އުޅުއްވާފަރާތްތަކުން ރުކުން އެޅުމަށްފަހު ރުއްތައްސާފުނުކުރުމާއި ރުކުން ބިންމައްޗައް ވެއްޓޭތަކެތިނަގާ ރުއްބުޑު ސާފުކޮށް ނުބަލަހައްޓާތީ އެކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން މިއިދާރާއަށް ހުށަހަޅަމުން އެބަދެއެވެ.
ރުއްތައް ކުއްޔަށް ދޫކުރުމުގެ އެގްރީމެންޓްގެ 7 ވަނަމާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި ރުއްތައް ކުއްޔަށްނަންގަވައިގެން އުޅުއްވާ ފަރާތްތަކުން ރުކުއެޅުމަށްފަހު ރުއްބުޑު ސާފުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ބައެއްފަރާތްތަކުން އެގްރީމެންޓާއި އެއްގޮތައް ޢަމަލު ނުކުރައްވާކަން ވަނީ ފާހަނގަކުރެވިފައެވެ.
ވީމާ، މިކަމަށް ސަމާލުވެ ރުއްރުކުން ބިންމައްޗައް ވެއްޓޭތަކެތި ނަންގަވާ ސާފުކޮށް ބެލެހެއްޓުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.