ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޢީދި ސަމާ 1446 ވަނަ އަހަރުގެ "ބީޗްފަން" އިވެންޓުގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު ސްޓޯލް / ކެންޓީން ހިންގުމަށް ފުރުޞަތު ހުޅުވާލުން
އައްޑޫ ޢީދި ސަމާ 1446 "ބީޗް ފަން" އިވެންޓްގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު ސްޓޯލް / ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ފޮނުއްވުން އެދެމެވެ. މި އިޢުލާނަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާނަމަ، ހަރަކާތުގައި ސްޓޯލް / ކެންޓީން ހިންގާނެ ފަރާތްތައް ނިންމާނީ ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުންތަކަށް ބަލައި މިއޮފީހުންނެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މި އިދާރާގެ ނަންބަރު 6885753 އަށް ގުޅުއްވުން އެދެމެވެ.
https://forms.gle/AiyKF3JFQy3ieRwG8
29 ޛުލްޤަޢިދާ 1446
27 މޭ 2025