ދިވެހިރާއްޖެ
އިޢުލާނު
ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު (ދެވަނަ އިޢުލާން)
ކައުންސިލް އިދާރާގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ފުރަތަމަ އިޢުލާނުން ނުވިކި ހުރި ތަކެތި، ދެވަނަ ފަހަރަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަމުގެ ތަފްޞީލް |
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި : 14 ޖޫން 2025 ވާ ހޮނިހިރު ދުވަހު 10:00 ގައި |
ނީލަން ކިޔަން ހަމަޖެހިފައިވާތަން : އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ގޯތިތެރެ |
ނީލަމުގެ ތަކެތި ދައްކާލުން : 12 ޖޫން 2025 (9:00 އިން 12:00 އަށް) |
ނީލަން ކިއުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި |
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށްވެސް ދެންނެވީމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ދުވަސްތަކުގައި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން، ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ވަނީ ލޮޓުތަކަކަށް ބަހާލެވިފައެވެ. ނީލަން ކިޔޭނީ މިއިން ކޮންމެ ލޮޓެއް އެއްކޮށެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ހުންނަ ތަކެތި ތިންވަނަ ފަހަރަށް ނީލަމަށް ލެވޭނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޖޫން 14 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައި، ނީލަމުގައި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
29 ޛުލްޤައިދާ 1446
27 މެއި 2025