މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
MOFCOM Scholarship - CSC 2025

MOFCOM Scholarship - CSC 2025

މާސްޓަރ ޑްގްރީ

ޕީ.އެޗް.ޑީ

ކޯހުގެ ލެވެލް އަދި ޢަދަދު:

މާސްޓަރސް ޑިގްރީ

1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

2. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. ( IELTS/ TOEFLސެޓްފިކެޓް ލިބިފައިނުވާ ފަރާތްތަކުންނާއި، ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ކުރިމަތިލާ ކޯހަށް  IELTS/ TOEFLސެޓްފިކެޓް ބޭނުންވާނަމަ، އެކޯހެއް ހިންގާ ޔުނިވަރސިޓީއަށް އީމެއިލްކުރައްވާ އެކަމުގައި އެބޭފުޅުން ދެކިލައްވާ ގޮތެއްސާފުކުރުމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.)

3. އެޕްލައިކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައިމަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

4. ޕަބްލިކް ސެކްޓަރ ގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުން.

5. 1 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން.

6. އަޕްލޯޑު ކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

ޕީ.އެޗް.ޑީ

ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

2.  TOEFLއިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. ( IELTS / TOEFL ސެޓްފިކެޓް ލިބިފައިނުވާ ފަރާތްތަކުންނާއި، ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ކުރިމަތިލާ ކޯހަށް  IELTS/ TOEFL ސެޓްފިކެޓް ބޭނުންވާނަމަ، އެކޯހެއް ހިންގާ ޔުނިވަރސިޓީއަށް އީމެއިލްކުރައްވާ  އެކަމުގައި އެބޭފުޅުން ދެކިލައްވާ ގޮތެއް ސާފުކުރެއްވުމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.)

3. އެޕްލައިކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

4. ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުން.

5. 1 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން.

6. އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.
  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި).
    1. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)
    2. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ސާފު ސްކޭން ކޮޕީ.
    3. މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީ
    4. އެޕްލައިކުރާ ކޯހާ ގުޅޭ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.(އެންމެ ފަހުން ހާޞިލް ކޮށްފައިވާ މަތީ ތަޢުލީމް ސެޓްފިކެޓް ހާޞިލް ކުރިފަހުން)
    5. ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތެއްކަން އެނގޭނެ ލިޔުން.
    6. ރިސާޗް ޕްރޮޕޯޒަލް
    7. ރިކޮމެންޑޭޝަން ލެޓަރ (2 ރިކޮމެންޑޭޝަން ލެޓަރ)
    8. ފުރިހަމަ ކޮށްފައިވާ ފޮރިން ފިޒިކަލް އެގްޒަމިނޭޝަން ފޯމް
    9. ޕޮލިސް ރިޕޯޓް (ހަމަސް ނުވާ)
    10. އިނގިރޭސި ރިކުއަމަންޓާއި ގުޅޭގޮތުން ޔުނިވަރސިޓީގެ ސިޓީ/އީމެއިލް. ( IELTS / TOEFLސެޓްފިކެޓް ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން މިލިޔުން ނެތް ފަރާތްތަކުން)
    11. މެޑިސިން ދާއިރާއިން ސްޕެޝަލައިޒްވާން ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާކަން އަންގައިދޭ ލިޔުން.
    12. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ ވެބްސަޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.
    13.    ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
    14. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް.
    15. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަން ބަޔާންކުރާ، ކެންޑިޑޭޓްގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

-            

-     މި ސްކޮލަރޝިޕާ ގުޅޭ ޔުނިވަރސިޓީތަކުގެ އިންފޮމޭޝަން ޝީޓު މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

-     މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންނެވެ.

-     މި ސްކޮލަރޝިޕްގެ ދަށުން (ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރިސެޓެލްމަންޓް ފީ، މެޑިކަލް އިންޝުރެންސް، އަދި ދެކޮޅު ޓިކެޓް) ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކާއި، އެކޮމޮޑޭޝަންގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑު ކުރެވިފައިވާ ޔުނިވަރސިޓީތަކުގެ އިންފޮމޭޝަން ޝީޓްގައި ހިމެނިފައިވާނެއެވެ.)

-     އެޕްލިކޭޝަންއާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ ޔުނިވަރސިޓީ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. ވީމާ، އެޕްލިކޭޝަންއާއި ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް ހަމަކޮށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ. އެޕްލިކޭޝަންއާއިއެކު ހުށަހަޅާ ލިޔުންތަކަކީ އަސްލާއެއްގޮތް ކަމަށް އެޓެސްޓެޑް ކޮށްފައިވާ ލިޔުންތަކަށްވާން ޖެހޭނެއެވެ.

- ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ.

- އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން

އެޕްލިކޭޝަންގެ ހާރޑްކޮޕީ ހުށަހެޅުން: 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން

ސުންގަޑި:  

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

27 މޭ 2025
ހޯދާ