ދިވެހިރާއްޖެ
(IUL)337-C-AB/337/2025/48 ނަންބަރު
އިޢުލާން
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން
މި އިދާރާގެ ނަންބަރު: (IUL)337/337/2025/43 އިޢުލާންގެ ދަށުން 26 މެއި 2025ގައި ބޭއްވުނު ނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެ ވަޑައިގެންފައި ނުވާތީ ދެވަނަ ބުރުގެ ނީލަން ކިޔުން 04 ޖޫން 2025 ވާ ބުދަ ދުވަހުގެ ހަވީރު 16:00ގައި އޮންނާނެއެވެ.
ތަފްޞީލް |
||
ތަރީޚް: |
ގަޑި: |
ތަން: |
04 ޖޫން 2025 (ބުދަ) |
16:00 (ހަވީރު) |
މަންފާވިލާ ގުދަން ކައިރި |
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންދެވުން އެދެމެވެ. ނީލަމުން ބައްލަވައިގަންވާ ތަކެތި ދޫކުރެވޭނީ ބައްލަވައިގެންފައިވާ މުދަލަށް ދައްކަވަންޖެހޭ ފައިސާ މިކައުންސިލަށް ޖަމާކޮށްދެއްވުމުން ކަމުގައި ދަންނަވަމެވެ.
ނީލަމުން ބައްލަވައިގަންނަވާ ތަކެތީގެ އަގަށްވާ ފައިސާ05 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސލްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރަންވާނެއެވެ.
އެކައުންޓްގެ މަޢުލޫމާތު
އެކައުންޓް ނަން: Secretariat of the Maafushi Council
އެކައުންޓް ނަންބަރ: 7730000098799
ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 7521050 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް މުދާ ދޫކުރެވޭނީ ދެންނެވިފައިވާ ތާރީޚުގައި ފައިސާ ދެއްކުމަށް ފަހުގައެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާނަމަ، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން 16 ޖޫން 2025ވާ ހޯމަ ދުވަހުގެ 18:00 ގެކުރިން ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ. ވީމާ، މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ޛުލްޙިއްޖާ 1446
27 މެއި 2025