ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ކަނބަލުންގެ ވެހި ޢިމާރާތުގެ މަސައްކަތް

އިޢުލާން

ފ. މަގޫދޫ  ކަނބަލުންގެ ވެހި އިމާރާތުގެ  މަސައްކަތް

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ފ. މަގޫދޫ  ކަނބަލުންގެ ވެހި އިމާރާތުގެ  މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 05 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށް ފޯމް ފުރުމަށްފަހު  [email protected] ށް މެއިލްކުރެއްވުން އެދެމެވެ. ފޯމާއެކު ވިޔަފާރި / ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ފޮނުވަންވާނެއެވެ.

ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑް ރަޖިސްޓްރީ ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 350.00ރ (ތިންސަތޭކަ ފަންސާސްރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ރަޖިސްޓްރޭޝަން ފޯމާއެކު މެއިލް ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން އަދި މަސައްކަތުގެ ނަން ލިޔަންވާނެއެވެ.

އެކައުންޓް ނަން: ފ. މަގޫދޫ ކައުންސިލްގެ އިދާރާ

އެކައުންޓް ނަންބަރ: 7730000042894

ޕްރީބިޑް މީޓިންގ

2025 ޖޫން 12 ވަނަ ދުވަހުގެ 13:00 ގައި ފ. މަގޫދޫ ކައުންސިލް އިދާރާގައި

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:

ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު 2025 ޖޫން 18 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ކެނޑުން އޮންނާނީ ބީލަން ހުށައެޅި ފަރާތްތަކުގެ ޙާޟިރުގައި 2025 ޖޫން 18 ވަނަ ދުވަހުގެ 13:05 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.

 ހުށައަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " ފ. މަގޫދޫ  ކަނބަލުންގެ ވެހިއިމާރާތުގެ  މަސައްކަތް / (އިޢްލާން ނަންބަރު)" މިހެން ލިޔެފައި އޮންނާންވާނެވެ.

 މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން

ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]   / [email protected] އަށެވެ.

 ‏30‏ ޛުލްޤަޢިދާ‏ 1446

 ‏27‏ މެއި‏ 2025

27 މޭ 2025
ހޯދާ