ދިވެހިރާއްޖެ
އިޢުލާން
"ނިޔަމި ކޯސް 2" ގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލުން
މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ގައްދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާއްތަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެ ނަން ނޯޓް ކޮށްދެއްވުން އެދެމެވެ. ނަން ނޯޓް ކުރުމުގެ އެންމެ ފަހު މުއްދަތަކީ 01 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.
އިދާރާ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށެވެ. މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 9900297 ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
27 މޭ 2025