ދިވެހިރާއްޖެ
މިރަށުގައި ޤަވާއިދާ ޚިލާފަށް ގޯތީގެ އިމުން ބޭރުގައާއި އެކި އެކި ސަރަޙައްދުތަކުގައި އަޅާފައި ހުރި ތަންތަނާއި، މަގުތަކުގައި އިމުން ބޭރުގައި ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އެގޮތުން ރަށުގެ އެކި ސަރަޙައްދުތަކުގައި ގާފުނި، ދަރުފުނި، ލަކުޑި، ހަޓު، ވަޅު، ފީފާ، މޯލްޑް، ޑިންގީ، ބޮއްކުރާ، އޮޑިދޯނިފަހަރު އަދި މިނޫންވެސް މިފަދަ ތަކެތި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މިގޮތަށް ޤަވާއިދާ ޚިލާފަށް އަޅާފައިވާ ތަންތަނާއި ބަހައްޓާފައިހުރި ތަކެތި 26 ޖޫން 2025 ވަނަ ދުވަހުގެ ކުރިން އެތަކެތީގެ ވެރިފަރާތްތަކުން ނަންގަވައިދެއްވުން އެދެމެވެ. އަދި މި ދެންނެވުނު މުއްދަތުގެ ފަހުން ޤަވާއިދާޚިލާފަށް ބަހައްޓާފައިވާ ތަކެތި ނީލަންކިޔުމަށް ނިންމާފައިވާކަން އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.