ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސީލިންގ މަރާމާތުކުރުމާއި، ފުރާޅުން ޓިނު ބަދަލު ކުރުމާބެހޭ

މިމަރުކަޒުގެ ލައިބްރަރީ ޢިމާރާތުގެ ސީލިންގ މަރާމާތުކުރުމާއި ފުރާޅުން ބަދަލު ކުރަންޖެހޭ ޓިނު އަމިއްލަ ތަކެތީގައި ބަދަލު ކުރުމާބެހޭ

މިމަރުކަޒުގެ ލައިބްރަރީ ޢިމާރާތުގެ އެތެރެ އަދި ވަށައިގެން އަސްކަނި ސީލިންގކޮށް ދިޔަދޮވި ބަދަލުކުރުމާއި، ފުރާޅުން ބަދަލު ކުރަންޖެހޭ ޓިނު އަމިއްލަ ތަކެތީގައި ބަދަލުކޮށް، އަދި ކަރަންޓް ވައިރިންގ އެޅުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމައްފަހު 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

މިކަމަށް އެދި މިމަރުކަޒުން ކުރި ނަންބަރު: IUL)GS08/2015/20) އިޢުލާނު ބާޠިލުކުރި ވާހަކަ ދެންނެވީމެވެ.

15 ޛުލްޤަޢިދާ 1436

30 އޮގަސްޓް 2015
ހޯދާ