ދިވެހިރާއްޖެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކަޅުވަކަރު މިސްކިތާއި ގޯތިތެރެ (ކަޅުއޮށްފުންމި ނަކަލު ހިމެނޭ ގޮތަށް) އުސްގެކޮޅު، ތަޤްވާ މިސްކިތް، މާލޭ ޢީދު މިސްކިތް، ދަރުމަވަންތަ މިސްކިތް އަދި މާލޭ ހުކުރު މިސްކިތާއި މިސްކިތް ގޯތިތެރޭގައި ހުރި އާސާރުތަކުން ފަނިފަކްސާތައް ނައްތާލައި ދިގު މުއްދަތަކަށް ފަނިފަކްސާ އިން އެތަންތަން ރައްކައުތެރިކުރުމުގެ ގޮތުން ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ) |
03 ޖޫން 2025 (އަންގާރަ) |
11:00 |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) |
ބީލަން ހުށައެޅުން |
11 ޖޫން 2025 (ބުދަ) |
11:00 |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340235 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.