މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
RHS (ރެކްޓޭންގިއުލަރ ހޮލޯ ސެކްޝަން) ހޮޅިން ފްރޭމް ހަދާ، އިންސްޓޯލްކޮށް، ބޯޑު މައުންޓު ކޮށްދިނުމަށް، ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު
- މިކައުންސިލުން ކުރިޔަށް ގެންދާ، Dress Modestly, Respect Public Decency ، ކެންޕެއިންގެ ދަށުން ތިރީގައިވާ މަސައްކަތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
- ދެވިފައިވާ މިންތަކާއިއެއްގޮތަށް، RHS (ރެކްޓޭންގިއުލަރ ހޮލޯ ސެކްޝަން) ދަނގަޑު ހޮޅިން 2 (ދޭއް) ފްރޭމް ހަދާ ވެލްޑަންކޮށް، ވެލްޑަނާއި ގުޅިގެން ލާންޖެހޭ ޙާއްސަ ރެޑްލެޓް ލުމާއި، ދަނގަޑަށް ހާއްސަ ޕެއިންޓެއްލުން.
- ކޮންމެ ފްރޭމް އެއް، ދެވިފައިވާ މިންތަކާއިއެއްގޮތަށް ކޮންކުރީޓް 2 (ދޭއް) ބުޑު އަޅާ ހަރުކުރުން.
- ކޮންމެ ފްރޭމް އެއްގައި، 4ފޓ 4ފޓ ގެ، 2 (ދޭއް) ބޯޑު އިސްކުރުޖަހާ ހަރުކުރުން. (ބޯޑުތައް އިދާރާއިން ފޯރުކޮށްދޭނެ!)
- ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (18/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ (19/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް މިއަދުންފެށިގެން އިއުލާނާއި އެކު އާންމުކުރެވި އަދި ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 01 ޖޫން 2025 ވަނަދުވަހުގެ، މެންދުރު 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 01 ޖޫން 2025 ވަނަދުވަހުގެ، މެންދުރު 12:00 އެވެ. ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ.
- އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނީ؛ މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ، ސަލީމީހިގުން، ކ.ދިއްފުށި، ފޯން: 6640071، އީމެއިލް: [email protected]
27 މޭ 2025
ހޯދާ