ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޯޓު މާސްޓަރ

މަޤާމު:

ކޯޓު މާސްޓަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަސައްކަތް ކުރަންޖެހޭ ތަން:

ފެމިލީ ކޯޓު

އަސާސީ މުސާރަ:

5020.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: 1500.00 ރުފިޔާ
  • ލިވިންގ އެލަވަންސް: 2700.00 ރުފިޔާ
  • ރިސްކް އެލަވަންސް: 3000.00 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40
  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

އަސާސީ ޝަރުޠު:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި ޖީ.އެސް. 3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، ޖީ.އެސް. 3 ގެ ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ އެހެނިހެން ޝަރުޠު:

  • ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • ފިރިހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓު 3 އިންޗި ހުރުން. އަދި އަންހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓް ހުރުން.
  • ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއެކު، އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމް ތަންފީޒުކުރިތާ 7 އަހަރުދުވަސް ވެފައިވުން.
  • އުމުރުން 18 އަހަރު ފުރި، 45 އަހަރު ނުފުރޭ މީހެއް ކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޝަރީޢަތުގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
  • ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
  • ކޯޓުގެ ތެރޭގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި، ކޯޓުގެ ތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

 

 

 

 

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓުން (www.familycourt.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓުފިކެޓް ލެވެލުން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ، އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.
  • އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެހެންކަމުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

17 ސެޕްޓެންބަރު 2015 ގެ 13:30

 

 

 

އިތުރު މަޢުލޫމާތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

ޕަބްލިކް އޯޑަރ ޓްރެއިނިންގ، ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ ނުވަތަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ ފަދަ ޓްރޭނިންގ ހަދާފައިވާ ފަރާތްތައް، ފިޔަވައި އެހެން ފަރާތްތައް ވަޒީފާއަށް ހޮވުމުގެ ކުރިން، ފިޒިކަލް ފިޓްނަސް ބެލުމުގެ ޓެސްޓަކުން ފާސްވާންޖެހޭނެއެވެ.

މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން، އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

01 ސެޕްޓެންބަރު 2015
ހޯދާ